ތަކެތި ޖަމާކުރުމުގެ ޤަވާޢިދު: ވިދާޅުވެ ލައްވާ...
13 ފެބްރުއަރީ 2012
ޤައުމީކުތުބުޚާނާގެ ފަރާތުން ހިންގާ މޮބައިލް ލައިބްރަރީ ޕްރޮގްރާމް ވ. ކެޔޮދޫ ސްކޫލްގެ އާއި އެއަތޮޅުގެ ފުލިދޫ އަދި ފެލިދޫގައި ހިންގާދިނުމަށް ކެޔޮދޫ ސްކޫލުން އެދިލައްވާފައިވާތީ އެ ޕްރޮގްރާމް ހިންގުމަށްޓަކައި ޤައުމީކުތުބުޚަނާގެ މޮބައިލް ލައިބްރަރީ ޓީމް 13 ފެބްރުއަރީ 2012 ވަނަ ދުވަހު 11:30 ގައި ވ.ކެޔޮދޫއަށް ގޮސް ޕްރޮގްރާމް ފައްޓަވާފައިވެއެވެ.
މިއަދު ޕްރޮގްރާމް ހިންގާފައިވަނީ ޕްރައިމަރީ ކުދިންނަށާއި ޕްރީސްކޫލް ކުދިންނަށެވެ. މިޙަރަކާތްތައް ހިންގުމުގައި ކެޔޮދޫ ސްކޫލްގެ ޓީޗަރުންނާއި ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ބައިވެރިވެލައްވާފައިވެއެވެ.
މި ޕްރޮގްރާމްއަކީ ކިޔުންތެރިކަން ކުރިއެރުވުމަށާއި ލައިބްރަރީގެ ޙިދުމަތް ހޯދުމަށް އުޒުރުވެރިވާ ފަރާތްތަކަށް އެޙިދުމަތް ހޯއްދަވާ ދެއްވުމުގެ ގޮތުން ހިންގަވާ ޕްރޮގްރާމެކެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގެ މަސައްކަތް ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައި ވާތީ މިމަސައްކަތް ތަންފީޒުކުރުމަށްޓަކައި ލައިބްރަރީގެ މަސައްކަތްތައް ވަނީ އޮޓޮމޭޓް ކުރެވިފައެވެ. މިމަސައްކަތް ކުރުމަށްޓަކައި، ލައިބްރަރީގެ ސްޓޮކް އޮޑިޓެއްކޮށް މަޢުލޫމާތު އަޕްޑޭޓް ކުރުމަށްޓަކައި 01 ޑިސެމްބަރ 2011 އިން 01 ޖެނުއަރީ 2012 އަށް ލައިބްރަރީ ބަންދުކުރެވި ސްޓޮކް އޮޑިޓް ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.
މިއަހަރުގެ ބައިނަލްއަޤުވާމީ އިންޓަނެޓް ދުވަހަކީ 29 އޮކްޓޯބަރ 2011 ދުވަހެވެ. މިދުވަހާއި ގުޅުވައިގެން ޤައުމީ ކުތުބުޚާނާއިން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އާއި ގުޅިގެން ބޭއްވުނު ޕަބްލިކް އިންފޮމޭޝަން ސެޝަނެއް 29 އޮކްޓޯބަރ 2011 ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 02:00 ން 04:00 އަށް ޤައުމީ ކުތުބުޚާނާގައި ބޭއްވުނެވެ. މިސެޝަންގައި ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ޤައުމީ ކުތުބުޚާނާގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.
© 2011 National Library of Maldives | All Rights Reserved
